ބާސެލޯނާ އިން ފަސޭހަކަމާއިއެކު ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް ދަތުރުކޮށްފި

ބާސާއިން ވަނި ރޭގެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައި

ބާސެލޯނާ އިން ފަސޭހަކަމާއިއެކު ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ބާބަސްޓްރޯ އަތުން 4-0 އިން މޮޅުވެ، ސްޕެނިޝް ކޮޕަ ޑެލް ރޭގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފިއެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް މި މެޗަށް ނެރުނީ ނިސްބަތުން ވަރުގަދަ ފުރަތަމަ އެގާރައެކެވެ. މިއީ އާ އަހަރަށް ސްޕެނިޝް ލީގު މެދުކަނޑާލިއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ދަށްވުމުން އެޅި ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މެޗުގެ 21 ވަނަ މިނިޓުގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ އެރިކް ގާސިއާއެވެ. އޭގެ 11 މިނިޓް ފަހުން، ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ ގޯލު ގޯލު ޖަހައިދިނެވެ. މެޗުގެ 56 ވަނަ މިނިޓުގައި، ބާސެލޯނާގެ ހަތަރުވަނަ ގޯލު ޖެހީ ޕަބްލޯ ޓޯރޭއެވެ.

ކޮޕަ ޑެލް ރޭގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާ އިން 31 ފަހަރު އެ ތަށި ހޯދާފައިވާއިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2021 ވަނަ އަހަރުއެވެ. މި މޮޅުމާއެކު ބާސެލޯނާ ވަނީ މި އަހަރުގެ މުބާރާތުގެ ގަދަ 16 ބުރަށް ކޮލިފައިވެފައެވެ.

ރޭގެ މެޗުން ބާސާ މޮޅުވެފައިވާ އިރު ލަލީގާގައި އެޓީމުން އެންމެފަހުން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނު ނެރެވުމުން އެޓީމަށް މިހާރުވަނީ ތާވަލުގެ އެއްވަނަ މަގާމުވެސް ގެއްލިފައެވެ. އެހެންކަމުން ރޭގެ މި މޮޅަކީ އެޓީމު ހަމައެކަށް އެޅުމަށް ލިބުނު ރަނގަޅު ނަތީޖާއެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy