ލޯފަން މީހުންގެ ހައްގުގައި ކުރާ މަސައްކަތަށް ރައީސް ތައުރީފު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތައުރީފު ކުރައްވައިފި އެވެ.

ރައީސް އެފަދައިން ތައުރީފު ކުރެއްވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިއަދު އާންމު ކުރެއްވި މެސެޖެއްގަ އެވެ.

މިމެސެޖުގައި، ބްރެއިލްގެ އީޖާދީ، އިންގިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމުގައި ބްރެއިލް އަދާ ކުރި މުހިންމު ދައުރަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފަ އެވެ.

އަދި، ބްރެއިލަކީ އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތް ތަކަކީ ގައުމީ ތަރައްގީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާ ކަަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ މެސެޖުގައި ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގު ތަކަށް ވަކާލާތު ކުރުމުގައި މަސައްކަތް ކުރާ ފަރާތް ތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އެމަނިކުފާނު ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ގައުމެއްގެ ވެސް އަސާސީ ޒިންމާއެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި، މިއަދުގެ ސަރުކާރަކީ މުޖުތަމަައުގެ މިފަދަ ޒަރޫރީ ބޭނުންތަކަށް ރިއާޔަތްކޮށް، ސިޔާސަތުތައް ތަންފީޒު ކުރަމުން ދާނޭ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމާއި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި، ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭ ގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަށް ކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރު ކުރައްވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy