ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ލަލީގާގެ އެއްވަނަ އަށް

ޖޫޑް ބެލިންހަމް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ސްޕެއިންގެ ލަލީގާގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނަ މަގާމް ހޯދައިފިއެވެ.

މި ނަތީޖާއާއި އެކު ރެއާލް މެޑްރިޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 43 ޕޮއިންޓް ލިބިފައެވެ.

ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާގެ ހޫގޯ ޑޫރޯ އެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނިޓުގައި ލޫކާ މޮޑްރިޗް ވަނީ ރެއާލް މެޑްރިޑަށް އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ވަނީ ރެއާލް މެޑްރިޑަށް ލަނޑެއް ޖަހައިދީ މެޗުން މޮޅުކޮށްދީފައެވެ.  

މި މެޗުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވާއިރު، ޖޫޑް ބެލިންހަމް ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ރޭގެ މި މެޗަކީ އަސްލު ނޮވެމްބަރު 2 ވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް، ސްޕެއިންގައި އެ ދުވަސްވަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ލަސްކުރެވިފައެވެ.ާ

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy