އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އައު ރައީސް، މައިކް ޖޯންސަން -- ފޮޓޯ/ އޭއެފްޕީ
އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސްކަމަށް ރިޕަބްލިކަން ޕާޓީގެ މައިކް ޖޯންސަން އަނެއްކާވެސް އިންތިހާބުކޮށްފިއެވެ.
މިއީ އޭނާ މި މަޤާމު އަދާކުރައްވާ ދެވަނަ ފަހަރެވެ. ރޭ ބޭއްވުނު އިންތިޚާބުގައި ޖޯންސަނަށް 218 ވޯޓު ލިބިވަޑައިގަތެވެ.
އުމުރުފުޅުން 51 އަހަރުގެ މައިކް ޖޯންސަނަކީ ލުއިޒިއާނާ ސްޓޭޓުން ކޮންގްރެސްއަށް އިންތިޚާބުވެފައިވާ ވަކީލެކެވެ. އޭނާ ކޮންގްރެސްއަށް ފުރަތަމަ އިންތިޚާބުވީ 2016 ވަނަ އަހަރުއެވެ. ޖޯންސަން ފުރަތަމަ ސްޕީކަރުކަމަށް އިންތިޚާބުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެއީ ކެވިން މެކާތީ ސްޕީކަރުކަމުން ވަކިކުރެވުމަށްފަހުއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރުކަމަކީ އެމެރިކާގެ ސަރުކާރުގެ ދަރަޖައިގެ ގޮތުން ރައީސް އަދި ނައިބު ރައީސްގެ ފަހުން ދެން އަންނަ މަޤާމެވެ. މި މަޤާމަށް އަނެއްކާވެސް އިންތިޚާބުވުމާ ގުޅިގެން ޖޯންސަން ވިދާޅުވީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޓަކައި ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖޯންސަން ވަނީ 2021 ވަނަ އަހަރު ޓްރަމްޕް ރިޔާސީ އިންތިޚާބުން ބަލިވުމާ ގުޅިގެން އެ ނަތީޖާއާ ދެކޮޅަށް ކޯޓުގައި މައްސަލަ އުފުލުމަށް އެހީތެރިވެފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް