މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ވިޔަފާރިވެރިންނަށް ގެއްލުން ވެއްޖެ

މާލެއަށް މިއަދު ވެހުނު ވާރޭގައި މަޖީދީ މަގުގައި ފެންބޮޑުވެފައި --

މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވިޔަފާރި ތަކަށް އެކި ވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

މިއަދު ހެނދުނުން ފަށައިގެން ގާތްގަނޑަކަށް މުޅި ދުވަހު މާލެ އަށް ވާރޭ ވެހުމަށްފަހު، މި ވަގުތު ކެރިގަނޑު ތުނި ކޮށްލާފައި އޮތެއް ކަމަކު، އަދިވެސް މާލެ އަށް ދަނީ ވާރޭ ވެހެމުންނެވެ.

މިއަދު ވެހުނު ވާރޭގައި މާލޭގެ ބޮޑެތި މަގުތައް ކަމުގައިވާ އަމީނީ މަގާއި މަޖީދީ މަގާ އަދި އެހެނިހެން ކުދި މަގުތަކާއި ގޯޅި ތަކުގައި ވެސް ފެންބޮޑުވެ، އެ ސަރަހައްދުގެ ގެ ތަކަށާއި ބައެއް ފިހާރަ ތަކަށް ވަރަށް ބޮޑަށް ފެން ވަދެފައިވެ އެވެ.

އަދި ބައެއް ގޯޅިތަކުގައި ބަހައްޓާފައިވާ ކާނު ބެދިފައި ހުރުމުގެ ސަބަބުން މުޅި ހިސާބުގަނޑުގައި ފޫޓަކަށް ފެން ބޮޑުވެފައިވެ އެވެ.

އެހެންވެ، އެ ގޯޅިތަކުގައި ހުރި ބައެއް ގެ ތަކަށް ވެސް ފެން ވަދެ ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުންވެފަ އެވެ.

ކަނބާއައިސާރަނި މަގުގައި ހުރި ފިހާރައެއްގެ ސޭޓު ބުނިގޮތުގައި އެ ފިހާރައަށް ވަނީ ގިނަ އަދަދެއްގެ ފެންވަދެ، ބޭނުން ނުކުރެވޭ ވަރަށް ބައެއް ސާމާނު ހަލާކުވެފަ އެވެ.

"ފެންގަނޑު ފިހާރަ ތެރެއަށް ވައްދާލި ވަގުތު ތިރީގަ ބަހައްޓާފަ ހުރި ބައެއް ސާމާނު ހުރީ ތެމިގެން ހަލާކުވެފަ. މިއީ އަޅުގަނޑުމެން އަލަށް ގެނެސް ރެކްތަކުގަ އަދި ނުޖަހާ ހުރި މުދާ. މީގެ ތެރެއިން ގިނަ އެއްޗެހި މި ހުރީ ހަލާކުވެފަ. މި ގެއްލުމުގެ އަގު ބުނާކަށް އަދި ނޭނގެ،" ސޭޓު ބުންޏެވެ.

ހަމަ އެ ސަރަހައްދުގެ އިތުރު ވިޔަފާރިވެރިއަކު ބުނި ގޮތުގައި އޭނާގެ ފިހާރައަށް ފެން ވަދެ، އަންނައުނު އަޅާފައި ހުރި ކަރުދާސް ފޮށިގަނޑު ތަކަކާއި އިތުރު މުދަލަށް ގެއްލުންތައް ވެފައިވެ އެވެ.

އަދި އޭގެ ތެރެއިން ބައެއް ތަކެއްޗަށް ފެނުގެ އަސަރުކޮށް، ބޭނުން ނުކުރެވޭ ވަރަށް ހަލަކުވުމުގެ ސަބަބުން މާލީ ގެންލުންވެފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.

"ވެލި ބަސްތާ ޖަހައިގެން ވޭތޯ ފުރަތަމަ ބެލީ. އެކަމަކު ތަނެއްދޮރެއް ނުބަލާ ހޭކެނޑެންދެން ދުއްވާ އުޅަނދުތަކުގެ ފެންގަނޑު ކޮންޓްރޯލް ނުކުރެވި ފިހާރަ ތެރެއަށް ވައްދާލަނީ،" ވިޔަފާރިވެރިޔާ ބުންޏެވެ.

މިއަދު ވެހުނު ވާރޭގެ ތެރެއިން މަޖީދީ މަގުގައި ހެދިފައި އޮތް ފެންގަނޑުގައި އަރުވާ ޖަހައިގެން ހިނގާފައި ދިޔަ ދެބައި އުމުރުގެ ބަޔަކާ ވާހަކަ ދައްކާލުމުން އެތަނުން މީހަކު ބުނީ މިހާރަކަށް އައިސް މީގެ ކުރިއާ ހިލާފަށް މާލެ އަށް ވާރޭ ފޮދެއް ވެހޭ ކޮންމެ ފަހަރަކު މަގު ތަކުގައި ފެންބޮޑުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އެތައް ބަޔަކަށް ވަރަށް ބޮޑެތި އުނދަގޫ ތަކާއި ދުއްތުރާތަށް ކުރިމަތިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

"މިހާރު މިދެން ބޮޑުވަރު. މިނޫން މަގެއް ނެތް. މީގެ ކުރީން މުނިސިޕަލްޓީ އޮތް އިރު މާ ރަނގަޅު. މިހާރު މިކަން ވެސް މި އޮތީ ސިޔާސީ ވެފަ. ސިޓީ ކައުންސިލް އުވާލާފަ ކުރިން އޮންނަ ގޮތަށް އަވަށު އޮފީސް ހަދަންވީ. މާލޭގަ ނެތް މިހާރު އުޅެވޭކަށް،" އޭނާ ކިޔައިދިނެވެ.

ރާއްޖޭގެ އެކި ހިސާބު ތަކަށް މިއަދު ކުރި ވިއްސާރައިގައި، ހަ ރަށަކަށް ގެއްލުން ވެގެން މިހާތަނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ އިތުރުން ހަތަރު އަތޮޅެއްގެ ބައެއް ރަށްރަށަށް އުދަ އަރާފައިވެ އެވެ.

މާލޭގެ އެކި ސަރަހައްދު ތަކުގައި ހެދިފައިވާ ފެންގަނޑު ޕަމްޕު ޖަހައިގެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ މިހާރު ވެސް ކުރަމުންނެވެ.

އެކަމަކު އަދިވެސް މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ނުހިކެ އެވެ.

ރާއްޖެއަށް ވިއްސާރަ ކުރާ ކޮންމެ މޫސުމަކު ވެސް މަގު ތަކުގައި ހެދޭ ފެންގަނޑު ހިންކަން ސިފައިން ނުކުންނަން ޖެހުމަކީ މިހާރު އާދައިގެ ކަމެކެވެ.

މި ނޫން ވަރެއް މާލެއަކަށް ނުވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy