ބޯކޮށް ވާރެވެހި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަން ދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ނެރުނު އެލާޓުގައި ބުނެފައިވަނީ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.
މެދުނުކެނޑި ވެހެމުންދާ ބޯ ވާރޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ދަނީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ވަނީ ފެންގަނޑު ހިނދި، އާއްމު ހާލަތަށް ބަދަލުވަންދެން ބަރު އުޅަނދު ނުދުއްވުމަށް އެދިފައެވެ. އަދި ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފައެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން ރީނދޫ އެލާޓް ނެރެފައެވެ.
މި ހާލަތާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުންނަށް ސަލާމަތްތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް