ބޯކޮށް ވާރޭ ވެހި އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ އުދަ އަރައިފި

ރާއްޖޭގެ މޫސުން މިދުވަސްކޮޅު ވަރަށް ގޯސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި އުދެއެރުމުގެ ޙާދިސާތައް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވިގޮތުގައި، ރޭގެ ވަގުތުތަކުން ފެށިގެން ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާކަމަށާއި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެން ބޮޑުވަމުންދާކަމަށް މައުލޫމާތު ލިބެމުންދެއެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބޯކޮށް ވާރޭ ވެހުމާއި އުދަ އެރުމުގެ ސަބަބުން 6 ރަށެއްގައި ފެންބޮޑުވެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އުދައަރައިގެން ރިޕޯޓްކޮށްފައިވަނީ ށ. ނަރުދޫ އަދި ރ. އިނގުރައިދޫއިންނެވެ. އަދި ވާރޭ ވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫއިން ވަނީ ރިޕޯޓްކޮށްފައެވެ.

ށ. ނަރުދޫގައި އުދަ އެރުމުގެ ސަބަބުން ބައެއް ގެދޮރުތަކަށް ގެއްލުން ވެގެން މިހާތަނަށް 4 ގެޔަކުން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެ ރަށަށް އުދައަރައި ރަށުތެރޭގައި ފެންބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދ. އަތޮޅުގެ ދެ ރަށެއްގައިވެސް ފެން ބޮޑުވުމުގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ދ. ކުޑަހުވަދޫއާއި ދ. މީދޫގައި ފެން ބޮޑުވެ 10 އަކަށްވުރެ ގިނަ ގެއަށް ފެންވަދެގެން ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭފަދަ ހާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ފ. ނިލަންދޫއަށާއި އދ. މާމިގިއްޔަށްވެސް ބޯކޮށް ވާރޭވެހި ބައެއް ގޭގޭގައި ފެން ބޮޑުވެގެން، އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާލަތާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ރައްޔިތުންނަށް ސަލާމަތްތެރިކަމަށް އިސްކަންދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy