ވައި ގަދަކަމުން ވީއައިއޭއަށް ޖެއްސި ފުލައިޓު ތަކަށް ދަތިތަކާ ކުރިމަތިވެއްޖެ

ވިއްސާރަވުމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ބުރޫއަރާފައި

ވިއްސާރަވެ، ވައިގަދަވުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް މިއަދު ޖައްސަން އައި ބައެއް މަތިންދާބޯޓުތަކަށް ނުޖެއްސި މަޑުކުރަން ޖެހި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ވީއައިއޭ ހިމެނޭހެން މެދުރާއްޖެތެރެއަށް މިއަދުގެ 15:00 އަށް ރީނދޫ ސަމާލެއް ނެރެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އެވެ. ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި ބޭރުގެ ބޮޑެތި ބޯޓުތައް ވެސް ވަނީ ވީއައިއޭއަށް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިފައެވެ. އެގޮތުން، ފްލައި ދުބާއީއާއި ސިންގަޕޯ އެއާލައިންސްގެ އިތުރުން މޯލްޑިވިއަންއިން މާވަރުލަށް ދަތުރުކުރި ފްލައިޓަށް ވެސް ވަނީ ޖެއްސޭނެ ގޮތެއްނުވެ، މަޑުކުރަން ޖެހިފައެވެ.

މޫސުން ގޯސްވުމުގެ އަސަރު އެހެން އެއަރޕޯޓުތަކަށް ވެސް ކުރަމުންދާކަން ފާހަގަކުރެވެ އެވެ. މިގޮތުން، މިއަދު މާމިގިލި އެއާޕޯޓަށް ދަތުރުކުރި ފްލައިމީގެ ބޯޓެއް ވެސް ވަނީ ޖެއްސޭތޯ، އެއް ގަޑިއިރު ހޭދަކުރުމަށް ފަހު އަނބުރާ ވީއައިއޭއަށް ދަތުރުކޮށްފައެވެ. އޭވިއޭޓާ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި ވައިގެ ބާރުމިން މިހާރު އުޅެނީ 35 ނޮޓިކަލް މޭލުގައެވެ. އަދި ވިޒިބިލިޓީ އުޅެނީ 2000 މީޓަރުގައެވެ.

މެޓް އޮފީހުން ވަނީ މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އިތުރު ސަމާލުތަކެއް ވެސް ނެރެފައެވެ. އެގޮތުން، މިއަދުގެ 11:15 އިން ފެށިގެން 15:00 އަށް ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލެއް ނެރެފައިވެ އެވެ. އަދި، އެވެ. އަދި، 10:30 އިން ފެށިގެން 16:30 އަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައިވާއިރު ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 11:00 އިން ފެށިގެން 16:30 އަށް އެ ސަމާލު ދަންމާލާފައިވެ އެވެ.

މި ހާލަތާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުންނަށް ސަލާމަތްތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އާންމުންނަށް އިރުޝާދު ދީފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy