އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް --
ރާއްޖޭގެ ތާރީހުގައި، މިހާތަނަށް އެންމެ ގިނަ ކާގޯ އެތެރެ ކުރީ ނިމިދިޔަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވަޖީހު ވިދާޅުވީ އެގޮތުން ކޮންޓެނަރައިޒް ކާގޯ ޖުމުލަ 66638 (ޓީއީޔޫސް) އެތެރެ ކުރެވިފައިވާ އިރު، 150692 (ފުރައިޓް ޓަންސް) ޖެނެރަލް ކާގޯ ރާއްޖެ އެތެރެ ކުރެވިފައިވާ ކަމަށެވެ.
އަދި އެއީ 2023 ވަނަ އަރާ އަޅައި ބަލާ އިރު، ކޮންޓެނެރައިޒް ކާގޯ ހަތް ޕަސެންޓު އަދި ޖެނެރަލް ކާގޯ 29 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވަޖީހު ވިދާޅުވި އެވެ.
"މީގެ ކުރިން މި ރެކޯޑު ގާއިމު ކުރެވިފައި އޮތީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރު ރާއްޖެ އެތެރެ ކުރެވިފައި ވަނީ، 63002 ކޮންޓެއިނަރު (ޓީއީޔޫސް) އާއި 123669 ޖެނެރަލް ކާގޯ (ފުރައިޓު ޓަންސް) އެވެ. އަދި 2019 ވަނަ އަހަރު ވެސް މާބޮޑު ތަފާތެއް އައިސްފައެއް ނުވެ އެވެ..،" އޭނާ ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ފަސް އަހަރަށް ބަލާއިރު، ކޮވިޑުގެ ދެ އަހަރު ދުވަހަށްފަހު ވެސް ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަން ފާހަގަ ކުރައްވައި ވަޖީހު ވިދާޅުވީ އޭގެ މާނަ އަކީ ގައުމުގެ އިގުތިސާދަށް މާބޮޑު ދިރުމެއް އައިސްފާ ނުވާކަން ކަމަށެވެ.
"ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް، ރާއްޖޭގެ އިގުތިސާދަށް ދިރުން އައިސްފައިވާކަން ކަށަވަރުކޮށްދެނީ، ނިމިދިޔަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު އެހެން އަހަރުތަކާ އަޅައި ބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ގިނަ ޕްރޮޖެކުޓުތަކެއް 2025 ވަނަ އަހަރު ފެށިގެން ދިއުމުން ރާއްޖޭގެ އިގުތިސާދަށް ދުވަހަކުވެސް ނުލިބޭވަރުގެ ކުރިއެރުމެއް މިއަހަރު ލިބިގެންދާނެކަން ޔަގީނެވެ..،" އޭނާ ވިދާޅުވިއެވެ.
ސީއީއޯ ވަޖީހު އިތުރަށް ވިދާޅުވެފައި ވަނީ އެ ކުރިއެރުމާ އެކު، ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށްބޮޑު ތަނުން އިތުރުވެގެންދާނެތީ، ޕޮރޮޖެކުޓު ތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖު ކުރުމަށް ޓަކައި އެމްޕީއެލުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް