އިޓަލިއަން ސުޕަ ކަޕްގެ ފައިނަލަށް އިންޓަމިލާން ދަތުރު ކޮށްފި

އިންޓާރގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުގައި އެޓަލަންޓާ 2-0 އިން ބަލިކޮށް އިންޓަ މިލާނުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކިންގް ސައުދީ ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންޓަގެ ދެ ގޯލު ވެސް ޖެހީ ޑެންޒެލް ޑަމްފްރީސް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޖެހި މި ދެ ގޯލުން އިންޓަ އިން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި މަހުގެ ހަ ވަނަ ދުވަހު ބާއްވާ ފައިނަލުގައި އިންޓަ އިން ބައްދަލުކުރާނީ ޔުވެންޓަސް އާއި އޭސީ މިލާން ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ އެވެ.

މި މެޗުގައި އެޓަލަންޓާގެ ބްރެޒިލް މިޑްފީލްޑަރު، އެޑާސަން ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަތުމުން، އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރިނީ ވަނީ ރެފްރީގެ ނިންމުންތަކާ މެދު ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ވީއޭއާރްގެ ބޭނުން މި މެޗުގައި އެންމެ ރަނގަޅަށް ހިފިނަމަ މެޗުގެ ނަތީޖާ އަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

އެޓަލަންޓާގެ ބައެއް ކުޅުންތެރިން ނުލައި މެޗު ފެށި ސަބަބު ބަޔާންކުރަމުން ގަސްޕެރިނީ ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަތަކުން ކުޅުންތެރިން ސަލާމަތްކޮށްފައި ބެހެއްޓުމުގެ ގޮތުން ކަމަށެވެ.

އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ އޭނާގެ ޓީމުގެ ކުޅުންތެރިން މި ނަތީޖާ ނެރެން ޓީމެއްގެ ގޮތުގައި ކުޅެން ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި އެޓަލަންޓާ އަކީ މި ފަހަރުގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅަށް ކުޅެ، ލީގުގެ އެއް ވަނަ މަގާމުގައި އޮތް ޓީމު ކަމަށްވާއިރު، އެ ލެވަލްގެ ޓީމަކާ ދެކޮޅަށް އިންޓަ އިން މި ނެރުނު ނަތީޖާއިން ކުރިއަށްދާން ހިތްވަރެއް ލިބޭނެ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy