24 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ތެރެއިން --- ފޮޓޯ/ އެްއެންޑީއެފް
ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގި 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕު ނިންމާލައިފި އެވެ.
ގިރިފުށީ ޓްރެއިނިން ސެންޓަރުގައި އިއްޔެ މި ކޭމްޕު ނިންމަން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
މިދިޔަ ޑިސެންބަރު 21 އިން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 44 ސުކޫލަކުން، 120 ދަރިވަރުން ބައިވެރިވި އެވެ.
މީގެ ތެރޭގައި ހިމެނެނީ، 66 ފިރިހެން ދަރިވަރުންނާއި 54 އަންހެން ދަރިވަރުންނެވެ.
އަދި އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން، 12 ކެޑޭޓުންނާއި އެ ގައުމު ތަކުގެ ޑެލިގޭޝަންގައި ހިމެނޭ ތިން އޮފިސަރުން ވަނީ މި ކޭމްޕަށް ޒިޔާރަތް ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ކޭމްޕްގެ އެންމެ މޮޅު ފިރިހެން ދަރިވަރުގެ މަގާމު ހާސިލުކުރީ، އއ.މަތިވެރި ސުކޫލުގެ، ކެޑޭޓް ކޯޕްރަލް މުޙައްމަދު ޒިމްޔާން އެވެ. އެންމެ މޮޅު އަންހެން ދަރިވަރުގެ މަގާމު ހާސިލުކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ފާތިމަތު މައިހާ މުޙައްމަދެވެ.
އެކަޑެމިކް މާއްދާ ތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލުކުރީ މާފުށީ ސްކޫލުގެ، ކެޑޭޓް ސާޖަންޓް ޝައިމް ޝުވައިޒް އާދަމް އެވެ. އަދި އެންމެ މޮޅު ޕްލެޓޫންގެ މަގާމު ހާސިލު ކުރީ މައިކް ޕްލެޓޫން އެވެ.
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ގައުމު ތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްދެއްވާފަ އެވެ.
އެ ފަރާތް ތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިން އޮފިސަރު، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމް އެވެ.
އަދި، އެ ގައުމު ތަކުގެ ކެޑޭޓުންނަށް ބެޖު ހަވާލުކޮށްދެއްވީ، ނޭޝަނަލް ކެޑޭޓް ކޯގެ ޑިރެކްޓަރު، ނޭޝަނަލް ކެޑޭޓް ކޯގެ ކާނަލް މުޙައްމަދު އަޝްރަފް އެވެ.
މި ކޭމްޕުގައި ކިޔަވައިދީފައި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ގައުމީ ކެޑޭޓް ކޯގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް