ދުންފަތް އުފެއްދުމުގެ ބާވަތްތައް އެތެރެކުރުން މަނާ
ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންކުރާ އާލާތެއް އެތެރެކޮށްފިނަމަ އެއެއްޗެއް ހިފަހައްޓައި ނައްތާލުމަށް ސިއްހީ ވުޒާރާއިން ކަސްޓަމްސްއަށް އަންގައިފިއެވެ.
މިކަން އަންގާފައިވަނީ ސިއްހީ ވުޒާރާއިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.
ސިއްހީ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ސިނގިރޭޓް ތައްޔާރުކުރުމަށް ބޭނުންކުރާ ކަރުދާހާއި އެނޫންވެސް ތަކެތި ރާއްޖެ އެތެރެކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމުގައިވާތީވެ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އެއްވެސް އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް އަންގާފައިވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދުންފަތާއި، ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، އެނޫންވެސް އެބާވަތުގެ އެއްވެސް މިންވަރަކަށް ހިމެނޭގޮތަށް ތައްޔާރުކޮށް ހަށިގަނޑަށް ވާސިލްވާގޮތަށް ހަދާފައި ހުންނަ ކޮންމެ އެއްޗެއްމެ ބެލެވޭނީ ދުންފަތުގެ ބާވަތެއްގެ ގޮތުގައެވެ.
ދުންފަތާއި ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ މިދިޔަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައިވެއެވެ. އެހެންނަމަވެސް، ދުންފަތުގެ ބާވަތްތަކަށް އޮތް ޑިމާންޑުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް