މޯލްޑިވިއަންއަށް ގެނެވޭ ބޮޑު ބޯޓާއިއެކު އެތައްކުރިއެރުންތަކެއް ލިބިގެންދާނެ
މޯލްޑިވިއަން އެއާލައިނަށް ގެންނަ ބޮޑު ބޯޓު ދައްކާލަން އަންނަ ހޯމަ ދުވަހު ބާއްވާ އެއާ ޝޯގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފިއެވެ.
މި މުބާރާތަކީ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެވޭނީ އެއާ ޝޯގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ޕޯސްޓުކޮށްގެންނެވެ. ފޮޓޯ ނުވަތަ ވީޑިއޯ ޕޯސްޓުކުރަން ވާނީ MaldivianAeroAirshow# ހޭޝްޓެގާ އެކު މޯލްޑިވިއަންގެ ސޯޝަލްމީޑިއާ އެކައުންޓު ޓެގުކޮށްފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ޕްރޮފެޝަނަލް ފޮޓޯ ނުވަތަ ވީޑިއޯގްރަފަރަކަށް ވާން ނުޖެހޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ދެ މީހެއްގެ އެއާ ޓްރާންސްފާއާ އެކު ފައިވް ސްޓާ ރިސޯޓަކުން ދެ ރޭ ހުރުމުގެ ފުރުސަތާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ. ދެވަނަ އަދި ތިންވަނަ ހޯދާ ފަރާތްތަކަށްވެސް އެކި ޑެސްޓިނޭޝަންތަކަށް ދަތުރުކުރުމުގެ ފުރުސަތާއި އެއާކްރާފްޓް މޮޑެލް ލިބޭނެއެވެ.
މޯލްޑިވިއަންއިން އެއާ ޝޯ ބާއްވަނީ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށް މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގައެވެ. މި އެއާ ޝޯގައި އެއާލައިންގެ އައު އެއާބަސް އޭ-330 ބޯޓު ދައްކާލާނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް