އައު އަހަރުގެ ފުރަތަމަ ދުވަހު 311 ޓަނުގެ މަސް ކިރުވައިފި

މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި

މިއަހަރުގެ ފުރަތަމަ ދުވަހު 311 ޓަނުގެ މަސް ކިރުވާފައިވާކަމަށް ސަރުކާރުގެ މައި މަސްކުންފުނި މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން ވިދާޅުވީ، މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅުވެފައިވަނީ ހުވަދު އަތޮޅުގައިކަމަށެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނައިން މަސްކިރުވާފައިވަނީ ހުވަދު އަތޮޅަށެވެ. އެދުވަހު ހުވަދު އަތޮޅު ދެކުނުބުރީގެ 22 ދޯންޏަކުން 92.6 ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވެއެވެ. ދެން އެންމެ ގިނައިން ކިރުވާފައިވަނީ ހުވަދު އަތޮޅުގެ އުތުރުބުރީގައި ހަރަކާތްތެރިވަމުންދާ 20 ދޯންޏަކުން 80.7 ޓަނުގެ މަހެވެ.

ޅ. އަތޮޅުގައިވެސް މަސްވެރިކަން މިދުވަސްވަރު ރަނގަޅުކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފެލިވަރު ބަނދަރުގައި އޮތް 3 ބޯޓަކަށް 15 ދޯންޏަކުން 58.1 ޓަނުގެ މަސް ކިރުވާފައިވެއެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު މިފްކޯގެ މަސް ބޯޓުތައް ފިޔަވައި އެންމެ ގިނައިން މަސްކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެގޮތުން އެ ފެސިލިޓީއަށް 80.7 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. ބޯޓުތަކަށް 221.1 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު ޖުމްލަ 79 ދޯންޏަކުން 311 ޓަނު މަސް ވަނީ ކިރުވާފައެވެ.

މިފްކޯއިން މިހާރު ވަނީ ކޮންމެ ދުވަހަކުވެސް މަސްކިރުވި އަދަދާއި ކިރުވި ސަރަހައްދުތަކުގެ އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ދޯނިތަކުގެ އަދަދު އެނގޭގޮތަށް، ތަފާސްހިސާބު އާންމުކުރަން ފަށާފައެވެ. މީގެ ސަބަބުން މަސްވެރިކަން ރަނގަޅު ހިސާބުތައް އެނގިގެންދާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy