މާދަމާ ވާނީ އެއާޕޯޓަށް ބާރު ބޮޑު ދުވަހަކަށް، ވަގުތު އޮއްވާ ދާން އެދިއްޖެ

ވީއައިއޭގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން -- އަވަސް ފޮޓޯ

މާދަމާ އަކީ އެއާޕޯޓަށް ބާރު ބޮޑު ދުވަހަކަށްވުމުން، ފުރާ ފަސިންޖަރުން، ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދެފި އެވެ.

އެމްއޭސީއެލުން ބުނީ އުމްރާ ވެރީން މާދަމާ ރާއްޖެ އަންނާތީ، އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް އޭރިޔާއަށް ވަރަށް ބާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ، އެ ކުންފުނިން ވަނީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދެފަ އެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި މާދަމާ މެދުރު ކުރިން އެންމެ ބާރު ބޮޑުވާނެ ކަމަށް ބެލެވޭ ގަޑި ތަކަކީ ހެނދުނު 06:00 އާއި 9:00 އާ ދެމެދު އެވެ.

އެވަގުތު ތަކުގައި 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 618 މީހުންނަކީ އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލުން ބުނީ މާދަމާގެ ހަމަ އެވަގުތު 1,372 ޕެސެންޖަރުން ފުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެންދުރު ފަހު އެންމެ ބާރު ބޮޑުވާނީ 2:00 އިން 6:00އާ ދެމެދު އެވެ.

އެ ވަގުތު 452 އުމްރާވެރީން ހިމެނޭގޮތަށް 2،071 މީހުން އަންނާނެ އެވެ. އަދި 1،091 މީހުން ފުރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ދުވަސްކޮޅަކީ ސުކޫލް ޗުއްޓީއާއި އުމްރާވެރިން ރާއްޖެއަށް އެނބުރި އަންނަ ދުވަސްވަރު ކަމުން، އެއާޕޯޓަށް އިންތިހާއަށް ބާރުބޮޑެވެ.

އޭގެ އިތުރުން މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަން ކަމުން ގިނަ އަދަދަކަށް އިންޓަނޭޝަނަލް ފްލައިޓުތައް ވެސް މި ދުވަސްކޮޅު އާދެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy