ކޮރަޕްޝަން ތަހުގީގު ކުރުމުގައި ރައީސް ބައްލަވަނީ މީހާއަކަށް ނޫން، ކުރި ކަމަކަށް: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވަނީ މީހާއަށް ނޫން ކަމަށާއި، އެ މީހަކު ކުރި ކަމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅާއިރު، އެއީ ކުރީ ސަރުކާރުގެ އިސްބޭފުޅެއްތޯ ނުވަތަ އެއީ އެ ވަގުތަކު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ އަރިސް މީހެއްތޯ ބަލާކަށް ނުޖެހޭ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުޢިއްޒުގެ އަމާޒަކީ ކަން ކުރީ ކާކުތޯ ބެލުމެއް ނޫން ކަމަށާއި، އެ ކުރީ ކޮން ކަމެއްތޯ، އެކަން ކުރީ ހަމައިންތޯ ނަހަމައިންތޯ، ޤާނޫނާ އެއްގޮތަށްތޯ ޤާނޫނާ ޚިލާފަށްތޯ، މާލިއްޔަތު ޤާނޫނުން އެކަން ކުރަން ތަންދޭތޯ، އޭގައި ދައުލަތަށް ގެއްލުން ވަނީ ކިހާވަރެއްތޯ، އެ ގެއްލުންވީ ކާކުގެ ސަބަބުންތޯ ބެއްލެވުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކޮރަޕްޝަން ހިންގީ ނުވަތަ ޤާނޫނާއި އުސޫލުގެ ބޭރުން ކަންކަން ކުރީ ކާކުކަން އެނގުނަސް ކުށްވެރިވާ މީހަކު ކަނޑައަޅާނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހަކަށް ދަޢުވާ ކުރުމާއި ނުކުރުމުގެ ޒިންމާ އޮތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަތްމަތީގައެވެ.

މީގެއިތުރުން، އަބްދުއްރަހީމް ވިދާޅުވީ މީހަކު ކުރި ކުށަކާ ގުޅިގެން އެ މައްސަލަ ތަޙުޤީޤީ އިދާރާތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވާނެ ކަމަށެވެ. އެޗްޑީސީގެ ތެރެއިން ދާދި ފަހުން ފެންމަތިވި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކަށް އިޝާރާތްކުރައްވަމުން، އެ މައްސަލަތައްވެސް ބެލެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy