އެމްޑަބްލިއުއެސްސީން މާލެ ސަރަހައްދުގައި ފެން އުފެއްދުމުގެ ގާބިލުކަން ދެގުނަ ކުރަނީ

އެމްޑަބްލިޔުއެސްސީ

މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިހާރު މާލެ ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ޕްލާންޓްތަކަކީ ދުވާލަކު 20,000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން މާލެ އަދި ހުޅުމާލެ ހިމެނޭހެން، 5,000 ޓަނުގެ ފެން އުފައްދާ އިތުރު ދެ ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އައު ޕްލާންޓްތަކާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު 30 އިންސައްތަ އިތުރުކުރެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރު ފުރިހަމަކުރުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކޮށް މި ސަރަޙައްދަށް ފެނުގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް ކުންފުނީގެ އަމާޒެއްކަމަށް މަތީން ވިދާޅުވިއެވެ. މިގޮތުން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތެވެ. މި މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11,000 ޓަނަށްވުރެ ގިނަ އަދަދަކަށް ފެން ބޭނުންވާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ފެނުގެ ޚިދުމަތް ފުޅާކުރުމަކީ މުހިންމު ކަމެއްކަން އެނގެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy