ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކަވައި އޮތް އެއް މިލިއަން ރުފިޔާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަދީބުގެ މައްޗަށް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނައި ގުޅުވައިގެންނެވެ.
މި މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު ފަސް ވަނަ ދުވަހު އެވެ.
އެ ހުކުމުގައި ވަނީ އެއްމަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން އަދީބު އެއް މިލިއަން ރުފިޔާ ދައްކާފައެއް ނުވެ އެވެ.
މި މައްސަލަ އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ހުކުމް ކުރީ އަދީބު ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ، އެ ދުވަހުން ފަށައިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސް ކުރުމަށެވެ.
އަދީބުގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމަށް ލުއި ދީ އެ މަނިކުފާނު މިނިވަން ކުރެއްވީ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހެެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް