މައިކަޕް ޝަރަފްވެރިކުރަން މިނިސްޓަރ ރާފިޢު އިހަވަންދުއަށް، މެޗުގެ ކުރިން ހަވާ އަރުވާނެ

މިނިސްޓަރ ރާފިޢު

ބިއުޓިފުލް ބުލޫ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވުމަށް ސްޕޯޓްސް މިނިސްޓަރ ރާފިޢު އިހަވަންދުއަށް މިރޭ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިޖެއެވެ.

މި މުބާރާތް އިންތިޒާމު ކުރާ ކްލަބް ޕޯލްސްޓާރ އިން މައުލޫމާތު ދެއްވާ ގޮތުގައި މިނިސްޓަރ ރާފިއު އިހަވަންދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައެވެ.

ކްލަބް ޕޯލްސްޓަރގެ ރިހިޔޫބީލް ފާހަގަ ކުރުމުގެ ގޮތުންނާއި އަދި ބޮޑުތިލަދުންމަތީގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް މައިކަޕް ނިންމުމުގެ ގޮތުން މިރޭގެ ފައިނަލް މެޗް ފެށުމުގެ ކުރިން ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެންވީކޭ އަދި ކުޅިމަގެވެ.

މިއީ މިމުބާރާތުގެ ފައިނަލްގައި އެންވީކޭ ކުޅޭ 5 ވަނަ ފަހަރެވެ. އެއީ ނަމަވެސް އެޓީމަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ އަދި 1 ފަހަރުއެވެ. ސަޕޯޓަރުންގެ ސްކޯ ޕްރެޑިކްޝަން އަށް ބަލާއިރު މި މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތީ ކުޅިމަގެވެ.

ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ.  މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.

2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy