ކަނޑު ގަދަ ދުވަހެއްގައި ދަތުރު ކުރަމުންދާ ދޯނިތަކެއް --
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސް ތަކަށްވުމުން ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އިއްޔެއިން ފަށައިގެން އެލާޓްތައް ނެރެމުންނެވެ.
އެގޮތުން އެންމެ ފަހުން ޔެލޯޓް އެލާޓް ނެރެފައި ވަނީ ލ. އަތޮޅަށެވެ. އެއީ މިއަދުގެ އިރު އޮއްސި 6:30އާ ހަމައަށެވެ.
މެޓުން ބުނީ އެ ގަޑިތަކުގައި އެ އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މޫސުން ގޯސްވާނެ މެޓުން ލަފާކޮށްފައިވެ އެވެ.
އެ އިދާރާއިން ބުނެފައި ވަނީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދު ތެރޭގައި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ސަމާލުގައި ވަނީ އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރާން ޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ ޔަގީން ކުރުމަށާއި އުޅަނދަށް އެކަށީގެންނުވާ ވަރަށް މީހުން ނޭރުވުމަށާއި އަދި އުޅަދަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރު ނުކުރުމަށް އިސްތިމާސް ކޮށްފަ އެވެ.
އޭގެ އިތުރުން ވައިގަދަ ވަގުތު ތަކުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމަށާއި ވިއްސާރައިގައި ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުން ކުރުމަށާއި ވަޔާއެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމާ އެކު މަގުމަތީ އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް