ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ (މެޓް) އިން ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓެއް ނެރެފިއެވެ.
މެޓް އޮފީހުން ބުނިގޮތުގައި މި އެލާޓް ދެމިއޮންނާނީ މެންދުރު 2:00 އިން ފެށިގެން އިރުއޮއްސޭ 6:30 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި މޫސުން ގޯސްވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުންނެވެ.
އާ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ބާރު ގަދަވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. ޖެނުއަރީ 5 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ހުރިހާ އެންމެން، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ މީހުން މޫސުމާ ގުޅޭގޮތުން ނެރޭ މަޢުލޫމާތުތަކަށް ސަމާލުވުމަށް އެދިފައެވެ. މި ދުވަސްވަރު ދަތުރުފަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް