ރައީސްގެ ދެ ކަނބަލުން އައު އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މީލާދީ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ގައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރު ތަކަށް ފޮނުއްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސް ކަމާއި އުފާ ފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާ ކަމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއިއްޔާ ޖަމާއަތް ތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަން ތަކުގެ ވެރިންނަށް ރައީސް ތަހުނިޔާ ވިދާޅުވެފައިވެ އެވެ.

ރައީސް ރޭ ވަނީ އައު އަހަރުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ވެސް އަރިސް ކުރައްވާފަ އެވެ. 

އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ މި ފެށޭ އައު އަހަރު ހިމެނިގެން ދާނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، އިގުތިސާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގި ކަމެއް މުޅި ގައުމަށް ލިބެން ފަށާނެ އަހަރަކަށް ކަމަށެވެ.

މީލާދީ އައު އަހަރާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބު ނިންމަވާލައްވާފައިވަނީ އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރު ކުރުމަށް ބާރު އަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގުބަލަށް ޓަކައި ޒިންމާދާރުކަމާ އެކީ، ގައުމު ބިނާ ކުރުމުގެ އަހަރު ކަމުގައި އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy