—-
މިއަދަކީ ފުޓުބޯޅައިގެ ހަޔާތުގައި އިހަވަންދޫއަށް ބޮޑު ދުވަހެކެވެ. ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިރޭ 20:00 ގައި އިހަވަންދޫ ޣާޒީ ދަނޑުގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
މި މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރަނީ ކުޅިމަގު އަދި އެންވީކޭއެވެ. އެހެން ގޮތަކުން ބުނާނަމަ މިރޭގެ ކުރިމަތިލުމަކީ ނައިޖީރިޔާއާ ގާނާގެ ކުރިމަތިލުމެއް ކަމަށްވެސް ބުނެވިދާނެއެވެ. ކުޅިމަގަށް ކުޅެމުން އަންނަ ނައިޖީރިޔާގެ ޖިމޯހް އިބްރާހިމް އަކީ ދުވެލި ބާރު ހުނަރުވެރި ކުޅުންތެރިއެކެވެ. ކުޅިމަގު ފައިނަލަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީވެސް އިބްރާހިމްއެވެ. ސެމީ ފައިނަލްގައި ދިއްދޫ އާ ދެކޮޅަށް ކުޅެ ކުޅިމަގުން ޖެހި 4 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބު ކުރީ މި ކުޅުންތެރިޔާއެެވެ.
މީގެ އިތުރުން އެންވީކޭއަށް ކުޅޭ ގާނާގެ ޕްރިންސް ލާބީ އަކީވެސް އެ ޓީމުގައި ހިމެނޭ އެންމެ މުޙިއްްމު އެއް ކުޅުންތެރިޔާއެވެ. ބިމަށް ބަރުގަދަ ދުވެލި ބާރު މި ކުޅުންތެރިޔާގެ ނުރައްކާ ކުޅިމަގަށް މިރޭ އޮންނާނެއެވެ.
މައިކަޕްގެ ފައިނަލް މެޗަށް މުޅި އިހަވަންދޫ ތައްޔާރުވެފައިވާއިރު މިރޭގެ މެޗް ޝަރަފުވެރިކޮށްދެއްވާނީ ސްޕޯޓްސް މިނިސްޓަރ ރާފިޢު އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް