ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ 300 އަށްވުރެ ގިނަ އަސީރުން ބަދަލުކޮށްފި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ މިއަހަރު ނިމުމަކަށް އައުން އެކަށީގެންވޭ

ރަޝިޔާއާއި ޔޫކްރެއިނުގެ މެދުގައި 300 އަށްވުރެ ގިނަ އަސީރުން ބަދަލުކޮށްފިއެވެ.

މި ބަދަލުކުރުމުގައި ޔޫކްރެއިނުގެ 189 އަސީރުންނާއި ރަޝިޔާގެ 150 އަސްކަރީ ޚިދުމަތްތެރިން ހިމެނެއެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އަސީރުން ބަދަލުކުރި 59 ވަނަ ފަހަރެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ މިއީ އުފާވެރި ޚަބަރެއް ކަމަށާއި، ދޫކޮށްލެވުނު ޔޫކްރޭނުގެ މީހުންގެ ތެރޭގައި ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނާއި ސާޖަންޓުންނާއި އޮފިސަރުން ހިމެނޭ ކަމަށެވެ. އަދި ރަޝިޔާއިން 2022 ވަނަ އަހަރު މަރިއުޕޮލުން ގެންގޮސްފައިވާ ޢާންމުންގެ ދެ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަސީރުން ބަދަލުކުރުމުގައި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ދައުރު ފާހަގަކޮށް، ޒެލެންސްކީ ވަނީ އެ ޤައުމަށާއި މި މަސައްކަތުގައި އެހީތެރިވި އެހެން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޔޫއޭއީން ވެސް ވަނީ މި މަސައްކަތުގައި އެހީތެރިވެދިން ކަން ޔަޤީންކޮށްދީފައެވެ.

ޔޫކްރެއިނުގެ އިދާރާތަކުން ބުނެފައިވަނީ މިހާތަނަށް ޖުމްލަ 3,956 ޔޫކްރޭނު އަސީރުން ޤައުމަށް އެނބުރި ގެނެސްފައިވާ ކަމަށެވެ. މި އަހަރު ދޫކޮށްލި މީހުންގެ ތެރޭގައި ރަޝިޔާގެ ކޯޓުތަކުން އެކި ކުށްތަކުގައި ޙުކުމް އިއްވާފައިވާ ޔޫކްރެއިނުގެ ރައްޔިތުންވެސް ހިމެނެއެވެ.

ދޫކޮށްލެވުނު ރަޝިޔާގެ އަސީރެއް ބުނެފައިވަނީ އަނބުރާ ޤައުމަށް އައުމާއި، ސަރުކާރުން އެމީހުންގެ އަގު ވަޒަންކުރާކަން އެނގުމުން ވަރަށް އުފާވެފައިވާ ކަމަށެވެ. އަދި މިކަން ޙަޤީޤަތުގައިވެސް ވެއްޖެކަން އަދިވެސް މުޅިން ޤަބޫލުނުކުރެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy