ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް
ލިވަޕޫލްގެ ސްޓާ ފުލްބެކް ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވިއްކާލަން ނެތްކަމަށް އެ ކްލަބުން ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް އަންގައިފިއެވެ.
އާނޯލްޑްގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް އޮތްއިރު، އޭނާއަށް އެއްބަސްވުން އާކުރުމަށް ލިވަޕޫލުން ހުށަހެޅި ހުރިހާ ޕްރޮޕޯސަލްތަކަށް މިހާތަނަށް ފުރަގަސްދީފައިވެއެވެ.
ޖެނުއަރީ 1 އިން ފެށިގެން އާނޯލްޑަށް އިނގިރޭސި ނޫން ކްލަބްތަކާއެކު ޓްރާންސްފާގެ މަޝްވަރާތައް ކުރެވޭނެއެވެ. އެހެންނަމަވެސް، ރެއާލް މެޑްރިޑުން ޖެނުއަރީގައި އާނޯލްޑް ގަތުމަށް ބިޑްކުރަން ތައްޔާރުވަމުންދާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލިވަޕޫލުން އަދިވެސް މަސައްކަތްކުރަނީ އާނޯލްޑްގެ އެއްބަސްވުން އާކުރެވޭތޯއެވެ. ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެއްލުމުގެ ބިރު އޮތްނަމަވެސް، އެ ރިސްކު ނަގައިގެން އާނޯލްޑް ލައްވައި އާ ކޮންޓްރެކްޓެއް ހެދޭތޯ ލިވަޕޫލުން މަސައްކަތްކުރަމުންދެއެވެ.
އާނޯލްޑަކީ ލިވަޕޫލްގެ އެކެޑަމީން ފުރަތަމަ ޓީމާ ހަމައަށް އައިސް އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިއެވެ. މިހާތަނަށް ލިވަޕޫލަށް ކުޅެދިން 333 މެޗުން އާނޯލްޑް ވަނީ 20 ގޯލު ޖަހައިދީ 85 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް