ރަފާހުގެ ރެފިއުޖީ ކޭމްޕަށް ދެވުނު ހަމަލާއަކީ ހެދުނު ގޯހެއް: ނަތަންޔާހޫ

އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި ޣައްޒާގެ ރަފާހުގައި ހުރި ރެފިއުޖީ ކޭމްޕް ސަރަހައްދަކަށް އިސްރާއީލުން ދިން ހަމަލާ- ފޮޓޯ: އޭއެފްޕީ

ޓެލްއަވީވް: އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ހޯމަ ދުވަހު ވާހަކަ ދައްކަމުން، ނަތަންޔާހޫ ވިދާޅުވީ ކުށެއް ނެތް އާންމުންނަށް ގެއްލުމެއް ވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ހޯމަ ވިލޭރޭ ރަފާހް ސަރަހައްދުގައި ހުންނަ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ސިފައިން ދިން ހަމާލާއަކީ، އިސްރާއީލުގެ ސިފައިންނަށް ހެނދުނު ހިތާމަވެރި ގޯހެއް ކަމަށެވެ. މިހާދިސާގައި 45 މީހުން ވަނީ ޝަހީދު ވެފައެވެ.

ނަތަންޔާހޫއަށް ހެނދުނު އެ ގޯހުގެ ތަފްސީލެއް ނުދެއްވަ އެވެ. ޣައްޒާގެ ރަފާހް ސަރަހައްދުގައި ހުންނަ ހަމާސްގެ ކޮމްޕައުންޑަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި މިހަމަލާގައި އިސް ދެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އިޒްރޭލުގެ މި ހަމަލާ އަރާފައި ވަނީ ރަފާހްގެ ހުޅަނގު އުތުރުގައި ފަލަސްތީން ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި އަދި އިޒްރޭލުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށެވެ. މި ހަމަލާގެ ތަފްސީލުތައް ހާމަވުމާ އެކު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އާންމުން މަރުވި މައްސަލަ ތަހުގީގު ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ހަމާސް އިން ބުންޏެވެ.

އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް  އިސްރާއީލަށް ވަނީ އަމާޒުވެފައެވެ. އެ ގައުމުގެ އެންމެ ގާތް އެކުވެރިން ވެސް ވަނީ މި ހަނގުރާމާގައި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދޭތީވެ ނުރުހުން ފާޅުކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކަށް އިޒްރޭލުން ތަބާވާ ކަމަށް އެގައުމުން ބުނަމުން އަންނަ އިރު، ރަފާހުގައި އިޒުރޭލުން ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަންގާފައިވީ ނަމަވެސް އެ ގައުމުގެ ސިފައިން ދަނީ އެއްގަމު މަގުން ރަފާހުއަށް ހަމަލާދެމުންނެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން ވަނީ، ޣައްޒާ ދޫކޮށް ގޮސްފައެވެ. ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ޣައްޒާގައޮ ފެތުރެމުންދާއިރު، އދ.ގެ އޮފިޝަލުން ބުނަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ބަނޑުހައިހޫނުކަން އިންތިހާއީ ހާލަތަށް ގޮސްފައިވާކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy