އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން ޗައިނާއަށް އެކްސްޕޯޓް ކުރާ މަހުގެ ޓިއުޓީ ކަނޑާލާނެ!

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފެށުމުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުން ތަކުން ޑިއުޓީ މައާފު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެ އެވެ.

ޗައިނާއަށް އެތެރެ ކުރެވޭނެ މަހުގެ ތެރޭގައި ފިނި ކުރި ނުވަތަ ގަނޑު ކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތް ތަކާއި ކަންނެލީގެ ބާވަތްތައް ހިމެނެއެވެ.

ޕްރޮސެސްކޮށްފައި ހުންނަ މަހުގެ އުފެއްދުން ތަކުގެ ތެރޭގައި ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.

މި ސަރުކާރުން ދަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އިގުތިސާދީ ނަފާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރޭގައި އަގުއެއްކުރި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ޕްރޮސެސިން ފެސިލިޓީތައް ގާއިމު ކުރުމާއި މަސްވެރީން ބާނާ މަސް ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

 ޗައިނާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަން ސިންދަފާތުކުރުމަށާއި މަހާއި މަހުގެ އުފެއްދުން ތަކަށް ނަފާވެރި އަގެއް ލިބުމުގެ މަގުތައް ހުޅުވިގެން ދާނެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy