އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް - ސަން ފޮޓޯ
އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ މީޑިއާ ތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވައިފި އެވެ.
ވަޒީރު މީޑިޔާ ތަކަށް ޝުކުރު އަދާ ކުރައްވާފައި ވަނީ 2025 އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރި ކުރުމުގެ ޕްރޮގްރާމް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުގެ ހާއްސަ ޝުކުރު މީޑިއާ ތަކަށް އަދާ ކުރައްވަމުން، އިސްލާމިކް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ތަކާއި ވުޒާރާގެ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ 2024 ވަނަ އަހަރުނިމި، 2025 ވަނަ އަހަރަށް ކުރިމަތިލާއިރު، މިނިސްޓްރީގެ މަސައްކަތް ތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެ މިނިސްޓްރީގެ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި ރާއްޖޭގެ ހުރިހާ މީޑިއާ ތަކުން މިނިސްޓްރީއަށް ދިން ދީލަތި އެހީތެރި ކަމަކީ ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީގެ ހަބަރު ތަކާއި މައުލޫމާތުތައް މީޑިއާތަކުން ގެންނަނީ މާކެޓިންއަށް ހަރަދު ކޮށްގެން ނޫން ކަމަށާއި މިނިސްޓްރީގެ ރަސްމިއްޔާތު ތަކާއި ހަބަރު ތަކާއި މަސައްކަތްތަކުގެ މައުލޫމާތުތައް މީޑިއާ ތަކުން ގެނެސް ދެނީ ދެ ފަރާތުގެ މެދުގައި އޮންނަ ގާތް ކަމެއްގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެން ކަމުން ރާއްޖޭގެ އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓިން ޗެނަލްތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި އެ ފަރާތް ތަކަށް މިނިސްޓަރު ޝަހީމް ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް