އިސްލާމިކް މިނިސްޓްރީން އަންނަ އަހަރު ގިނަ މަޝްރޫއު ތަކެއް ފަށަނީ

އިސްލާމިކް މިނިސްޓްރީ -- ޕީއެސްއެމް ފޮޓޯ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން 2025 ވަނަ އަހަރު އައު ގިނަ މަޝްރޫޢުތަކެއް ފަށާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި، ރިސާލަތު ޕްރޮގްރާމް 2025 އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ވަޤުފް އިމާރާތްތައް އާރާސްތުކުރުމާއި ރާއްޖޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. މީގެ އިތުރުން "ނަމާދު" މަޝްރޫޢު ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ނަމާދުގެ މުހިންމުކަން އަންގައިދިނުމާއި، ނަމާދުގެ ދުޢާތަކުގެ މާނަ ދަސްކޮށްދިނުން ފަދަ ކަންކަން ހިމެނޭނެއެވެ.

"ރިސާލަތު" ޕްރޮގްރާމްގެ ދަށުން 2025 ވަނަ އަހަރު އިސްލާމީ އަޚްލާޤު ފެތުރުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮގްރާމް ބިނާވެފައިވަނީ އިސްލާމްދީނުގެ 5 މަޤްޞަދުގެ މައްޗަށެވެ. ވަޒީރު ވިދާޅުވީ މިއަދު މުޖުތަމަޢުއަށް ވަނީ ރިވެތި އަޚްލާޤު ބޭނުންވެފައި ކަމަށެވެ.

ވުޒާރާގެ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި މުހިންމު ކަންތައްތަކެއް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް އިސްލާމީ ނޫރު ފަތުރައި، ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެވުނެވެ. ރިސާލަތު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން، އިސްލާމީ ނޫރު ފަތުރާ، ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް އުފެއްދުމުގެ މަޤުޞަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy