ތިނަދޫއަށް ދިން ސިޓީގެ ދަރަޖަ ބާތިލު ކުރަން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރު ކޮށްލައިފި

ގދ. ތިނަދޫ

ގދ. ތިނަދޫއަށް ދެވިފައިވާ ސިޓީގެ ދަރަޖަ އުނިކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޤާނޫނީ ވަކީލު އަޙުމަދު ރަޤީބެވެ.

ހައިކޯޓުން ބުނެފައިވަނީ އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވަނީ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ތަޢާރަޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. އަދި ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އޭގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރުޒުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ކަމަށެވެ.

ރަޤީބް ހުށަހެޅި މައްސަލައިގައި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ނެރުނު ގަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޞްދަރެއް ނުވަތަ ޤާނޫނަކުން އެކުލަވާލާފައިވާ މަޞްދަރެއްކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަމަށް ދައްކާފައިވަނީ ޞައްޙަނޫން މަޢުލޫމާތު ހިމެނޭ ލިސްޓަކުން ކަމަށެވެ. އަދި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނައިގެން އާބާދީ އިތުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައަކީ ހައިކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ކަމަށް ނުބެލެވޭތީ، މައްސަލަ ބަލައިނުގަންނަން ނިންމާފައިވާކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy