ހުރިހާ މޮޅެއް އިހަވަންދުއަށް، މެޗްގެ 90 މިނެޓް ހަމަނުކޮށް ހޯރަ ޔުނައިޓެޑް ރަށަށް!

ހޯރަ ޔުނައިޓެޑްގެ ކޯޗާއި އޮފިޝަލުން

ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، މައިކަޕްގެ ސެމީ ފައިނަލްގައި ރޭ ބައްދަލު ކުރި ހޯރަ ޔުނައިޓެޑް އަދި އެންވީކޭ ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއަކުން އެންވީކޭ ކާމިޔާބު ކޮށްފިއެވެ.

މެޗްގެ ފަހު ހާފުގައި ރެފްރީ ނިންމި ނިންމުމެއް ހޯރަ ޔުނައިޓެޑުން ބަލައިނުގަނެ، ކުޅުންތެރިންނާއި ސަޕޯޓަރުން ދަނޑަށް އަރާ، ހަމަނުޖެހުން ހިންގަން ފެށުމުން މި މެޗް ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ.

ދަނޑުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް، މެޗް ކުރިޔަށް ގެންދެވޭނެ ފަދަ މާހައުލެއް ނެތުމުން، މެޗު ހުއްޓައިލިކަން އެންމެ ފަހުން އިޢުލާން ކުރިއެވެ. އަދި މެޗް މެދުކަނޑާލި ހަމައަށް އޮތް ސްކޯއަކީ ފައިނަލް ސްކޯ ކަމަށް ނިންމާ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްފައިވެއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވީކޭގެ އައިހަމްއެވެ.

IMG_3776.jpeg

މެޗުގެ ކުޅުން މެދުކަޑައިލީ މެޗްގެ ފަހު ހާފްގެ 29 ވަނަ މިނެޓްގައި، އެންވީކޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ޕެނަލްޓީ ނުދިނުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގައެވެ. 

މި މެޗްގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ.

168d253e-ee7e-4e47-9937-5e192b3bbdcf.jpeg

މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ އިހަވަންދޫގެ ދެ ޓީމް ކަމަށްވާ ކުޅިމަގު އަދި އެންވީކޭއެވެ. މިއާއެކު މުބާރާތުގެ ޓްރޮފީ އަންނަ އަހަރުގެ މައިކަޕްގެ މުބާރާތާ ހަމައަށް އިންނާނީ އިހަވަންދޫގައެވެ. ޗެމްޕިއަންޓީމަށް ކަނޑައެޅިފައިވާ 100،000 ރުފިޔާއާ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ 35،000 ރުފިޔާވެސް ލިބިގެންދާ އިހަވަންދޫ ޓީމަކަށެވެ. މި މުބާރާތުގެ ހުރިހާ މޮޅެއް އޮތީ މިފަހަރު އިހަވަންދޫއަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy