މެންޗެސްޓާރ ޔުނައިޓެޑް ރޭ ވަނީ ބަލިވެފައި
އިނގިރޭސި ޕްރިމިއާ ލީގުގައި ވޭތުވެދިޔަ 45 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެ އެ ޓީމު ރެލިގޭޓްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ ބުނެފިއެވެ.
ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައި ވަނީ 2-0 އިން ނިއުކާސަލް ޔުނައިޓެޑް އާއި އެއްކޮށް ކުޅުނު މެޗުންނެވެ.
ރޭގެ މެޗުގައި ނިއުކާސަލްގެ ފަރާތުން ލަނޑު ޖެހީ އަލެކްސަންޑަ އިސާކް އާއި ޖޮއެލިންޓަންއެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި އިސާކް ޖެހި ލަނޑުން ނިއުކާސަލް އިން ލީޑު ނެގި އެވެ. އަދި ފުރަތަމަ ހާފުގައި ޖޮއެލިންޓަންގެ ލަނޑުން ނިއުކާސަލް އިން ލީޑު ފުޅާކުރި އެވެ.
މި ބަލިވުމާ އެކު، ޔުނައިޓެޑް މިހާރު އޮތީ ލީގުގެ 14 ވަނައިގައެވެ. އެއީ 19 މެޗުން ހޯދި 22 ޕޮއިންޓާ އެކުގައެވެ. ރެލިގޭޝަން ޒޯނާއި ޔުނައިޓެޑާ ދެމެދު މިހާރު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ. މިކަމާ ގުޅިގެން ކޯޗު އަމޮރިމް ވަނީ ރެލިގޭޝަނަކީ އެ ޓީމަށް އޮތް ބިރެއް ކަމަށް ބުނެފައެވެ.
"އަހަރެމެން އެބަޖެހޭ މި ހިނގާ ކަންކަން ސަޕޯޓަރުންނަށް ސާފުކޮށް ބުނެދޭން. އަހަރެންގެ ވެސް މައްސަލަ އެބަހުރި، ޓީމުގެ ހާލަތު އަހަންނަށް ބަދަލެއް ނުކުރެވޭ. މި ކްލަބަށް ބަދަލެއް އެބަ ބޭނުންވޭ،" އަމޮރިމް ބުންޏެވެ.
މި މޮޅާ އެކު، ނިއުކާސަލް ޔުނައިޓެޑް އޮތީ ލީގުގެ ފަސް ވަނައިގައެވެ. އެއީ، 19 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ކުރިއަށް އޮތް މެޗުތަކުގައި ޔުނައިޓެޑަށް ރަނގަޅު ނަތީޖާތަކެއް ނުހޯދިއްޖެނަމަ، އެ ޓީމު ރެލިގޭޓްވުމުގެ ބިރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް