ކުރީގެ ރައީސް މުޙައްމަދު ނަޝީދު --
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާއިން ބާރު އެޅުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އިންޑިއާއިން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ޝާއިއު ކުރި ރިޕޯޓަކާ ގުޅުވައިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓު ކިޔުއްވައިފި ކަމަށާއި އެކަމަކު، ރައީސް މުއިއްޒުއާ ދެކޮޅަށް ސީރިޔަސް ރޭވުމެއް ރޭވިކަން ރިޕޯޓުން ފާހަގަ ވެފައި ނުވާ ކަމަށެވެ. އަދި ބައެއް މީހުން އަބަދު ވެސް ދިރިއުޅެމުން ދަނީ މަކަރުވެރި ރޭވުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިންޑިއާ އިން ރާއްޖޭގެ ޑިމޮކްރެސީއަށް އަބަދު ވެސް ތާއީދު ކުރޭ. އިންޑިއާއިން އެފަދަ ފިޔަވަޅަކަށް ތާއީދެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.
ވޮޝިންޓަން ޕޯސްޓުގައި ޝާއިއު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރައީސް މުއިއްޒު އިންތިހާބުވުމާ ގުޅިގެން އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ "ރޯ" އިން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ތަކެއް ކުރި އެވެ.
މި މަޝްވަރާތަކުގައި "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ޕްލޭނެއް އެކުލަވާލައި، ރައީސް މުއިއްޒު އަޒަލު ކުރުމަށް މަސައްކަތް ކުރުމަށް ނިންމި ކަމަށް ބުނެފައިވެ އެވެ.
އެ ޕްލޭނުގެ ދަށުން އޭރުގެ ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިސަރަކަށާއި، ނުރައްކާތެރި ތިން ގޭންގަކަށް ހަ މިލިއަން ޑޮލަރު ދިނުމަށް ރޭވި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެ އެވެ.
މި ފައިސާ ހޯދުމަށް ރާވާފައި ވަނީ އިންޑިއާ ސަރުކާރުން ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިދިކޮޅު ފަރާތް ތަކުގެ މި މަސައްކަތް ނާކާމިޔާބު ވީ އޭރު މަޖިލީހުގެ 11 މެންބަރަކު ޕީއެންސީއަށް ސޮއި ކުރުމުންނެވެ. އަދި ޕްލޭނާ އެއްގޮތަށް ކަންތައްތައް ނުދިއުމުން އިންޑިއާއިން މި މަސައްކަތަށް ފައިސާ ދިނުމަށް އިންކާރު ކުރި ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް