ދެކުނު ކޮރެއާގެ ފުލައިޓު ވެއްޓި އެތައް ބަޔަކު މަރުވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު- ފޮޓޯ/ ރައީސް އޮފީސް

މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅުވައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަން މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ދެކުނު ކޮރެއާގެ ޖެޖޫ އެއާގެ މި ފުލައިޓު ގޮވައި އަލިފާން ރޯވީ އެ ގައުމުގެ މުއާން އިންޓަނޭޝަނޮަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެން ގޮސް ފާރުގައި ޖެހިގެންނެވެ.

އާދިއްތަ ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި ހާދިސާގައި 179 މީހުން މަރުވެފައިވާއިރު، އެ ބޯޓުގައި މުޅިއެކު 181 ޕަސެންޖަރުން ތިއްބެވެ. އެމީހުގެ ތެރެއިން ދިރި ތިއްބާ ސަލާމަތް ކުރެވުނީ ބޯޓުގެ ދެ ދެ ކުރޫންނެވެ.

ހިތާމަވެރި މި ހާދިސާއާ ގުޅުވައި ދެނުކު ކޮރެއާގެ ވަގުތީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، މަތިންދާ ބޯޓު ވެއްޓި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނުގެ މެސެޖުގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ހާއްގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތް ތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުން ތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތް ތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy