ބުރިޖު ހައިވޭގައި ތިން ސައިކަލު ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

ބުރިޖު ހައިވޭ ފާހަގަ ކުރެވެނީ އެކްސިޑެންޓް ގިނަ ތަނެއްގެ ގޮތުގައި

ބުރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ތިން ސައިކަލު އެކްސިޑެންޓްވެ، ފަސް މީހަކަށް ރޭ އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 12:11 ގައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އެހެންނަމަވެސް، އޭގެތެރެއިން އެކަކަށް އަދިވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދެއެވެ. އެ މީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ސައިކަލު އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި، ފަހަތުން އައި އެހެން ސައިކަލެއްވެސް ޖެހުމުގެ ސަބަބުންނެވެ. ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ.

ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤުކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ބުރިޖު ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހާ އުޅަނދު ދުއްވާ ފަރާތްތަކަށް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy