ރާއްޖެ އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު 8 ޕަސެންޓް އިތުރުވެއްޖެ

މި ދުވަސްވަރަކީ ޕްރައިވެޓް ޖެޓް ރާއްޖެއަށް އެންމެ ގިނައިން އަންނަ ދުވަސްވަރު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިންގެ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއޭސީއެލްގެ މަޢުލޫމާތު ދެއްވާ ގޮތުގައި މި މަހު އެކަނި ވެސް 148 ޕްރައިވެޓް ޖެޓު ވީއައިއޭއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮންމެ އަހަރެއްގެ ވެސް އާ އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށާއި، އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަތުރުވެރިންވެސް ހިމެނޭ ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް އެއަރޕޯޓުގެ ބާރު ބޮޑުވެފައިވާތީ، ކުރިއާލާ އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ހަފުތާ ތެރޭގައި އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، ޕީކު ވަގުތުތަކުގައި އޮޕަރޭޝަންތައް އެންމެ ފުރިހަމައަށް ގެންދިއުމަށް ފަސިންޖަރުންގެ އެއްބާރުލުމަށް އެދިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy