އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ
އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ އަވަހާރަވެއް ޖެއެވެ.
އުމުރުން 100 އަހަރުގައި ޖިމީ ކާޓާ އަވަހާރަވެފައި ވަނީ ޖޯޖިޔާގައި ހުންނަ އޭނާގެ ގެކޮޅުގައި ހޮސްޕައިސް ފަރުވާ ފަރުވާ ހޯއަދަވަމުން ގެންދަވަނިކޮށެވެ.
1977 އިން 1981 އަށް ރައީސްކަން ކުރެއްވި ކާޓަރ، ވެރިކަމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ދަތިތަކާއި އީރާނުގައި އެމެރިކާގެ 52 ރައްޔިތުން ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް، އިސްރާއީލާއި މިޞްރު ދެމެދު ޞުލްޙަ ޤާއިމުކުރެއްވުމަކީ އޭނާގެ ވެރިކަމުގެ މުހިންމު ކާމިޔާބީއެކެވެ.
ވެރިކަމަށްފަހު ކާޓަރ އިންސާނީ ޙައްޤުތަކަށާއި ޞުލްޙައަށް މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތްތަކަށްޓަކައި 2002 ވަނަ އަހަރު ނޯބެލް އިނާމު ވެސް އޭނާއަށް ލިބިވަޑައިގަތެވެ.
ފަހުގެ އަހަރުތަކުގައި ކާޓަރ އަށް ވަނީ ސިއްހީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. އޭގެތެރޭގައި ހަމުގެ ކެންސަރު ހިމެނެއެވެ. މި ބަލި ފުރަމެއަށާއި ސިކުނޑިއަށް ފެތުރުމާ ގުޅިގެން، 2023 ގެ ފެބްރުވަރީ މަހު އިތުރު ފަރުވާ ހޯއްދެވުން ހުއްޓާލައްވައި، ހޮސްޕައިސް ފަރުވާ ހޯއްދެވުމަށް ނިންމެވިއެވެ.
ކާޓަރގެ އަވަހާރަވުމާ ގުޅިގެން، އެމެރިކާގެ ސިޔާސީ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތުން ވަނީ އޭނާގެ ޚިދުމަތްތަކަށް ތަޢުރީފުކޮށް، ހަނދާން އާކޮށްފައެވެ. އޭނާގެ އިންސާނިއްޔަތަށް ކުރެއްވި މަސައްކަތްތަކާއި ޞުލްޙައަށް ކުރެއްވި މަސައްކަތްތައް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް