ލިވަޕޫލުގެ ފޯވާޑުންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދޭ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލް އިން ވެސްޓް ހޭމް ޔުނައިޓެޑް 5-0 އިން ބަލިކޮށް، ލީގުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މި މޮޅާއިއެކު ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ވަނީ އައު ރެކޯޑެއް ހަދާފައެވެ. އެއީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގެ ތަފާތު އަށް މެޗެއްގައި ލަނޑެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ރެކޯޑެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ލީޑުނެގީ ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. އަދި މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި ސަލާހު ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ލިވަޕޫލުން ހަތަރު ވަނަ ގޯލު ޖެހިއިރު، ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
ރޭ ކުޅުނު މުހިންމު އަނެއް މެޗުގައި މެންޗެސްޓާ ސިޓީ ވަނީ ލެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެފައިވެއެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ 500 ވަނަ މެޗެވެ. ސިޓީގެ ގޯލުތައް ޖެހީ ސަވީނިއޯ އާއި އާލިން ހާލަންޑް އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރޭގައި، އެވަޓަން އަތުން 2-0 އިން މޮޅުވެ ނޮޓިންހަމް ފޮރެސްޓް ދެވަނައަށް އަރާފައިވެއެވެ. އަދި ކްރިސްޓަލް ޕެލަސް އިން 2-1 އިން ސައުތެމްޓަން ބަލިކޮށްފައިވެއެވެ.
މި ނަތީޖާތަކާ އެކު، ލިވަޕޫލް 45 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ނޮޓިންހަމް ފޮރެސްޓް ވަނީ 37 ޕޮއިންޓާއެކު ދެވަނައަށް އަރާފައެވެ. އާސެނަލް 36 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، ޗެލްސީ އޮތީ 35 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އަދި ރޭގެ މޮޅާއި އެކު މެންޗެސްޓާ ސިޓީ ވަނީ 31 ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލާފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް