މާދަމާ އަކީ ބޮޑު ދުވަހެއް! ފައިނަލްގެ ދެ ޖާގަ ކަށަވަރު ކުރުމަށް ހއ ގެ ބޮޑު ދެ ބާރު އިހަވަންދޫއަށް އަރަނީ

މާދަމާގެ ސެމީފައިނަލްގައި ބައްދަލު ކުރާ ހީވެސްނުވޭ އަދި ހޯރަފުށި ޓީމް

އިހަވަންދޫ ޕޯލްސްޓާރ އިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި މިހާތަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތުގެ ތާރީޙުގައިވެސް މާދަމާ އަކީ ބޮޑު ދުވަހެކެވެ. މައިކަޕްގެ 14 ވަނަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި މާދަމާ ހަވީރު ބައްދަލު ކުރަނީ ދިއްދޫ ހީވެސް ނުވޭ އާއި އިހަވަންދޫ ކުޅިމަގެވެ. ދިއްދޫ މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ޖުމްލަ 9 ޕޮއިންޓާއެކުއެވެ.

IMG_3675.jpeg

ދިއްދޫ ސެމީ ފައިނަލްއަށް ކުރި ދަތުރު:

ދިއްދޫ (ހީވެސްނުވޭ) 2 - ހޯރަފުށި 3

ދިއްދޫ (ހީވެސްނުވޭ)  2 - އުލިގަން 1

ދިއްދޫ (ހީވެސްނުވޭ)  2  - ބީބީ ބްރަދާސް (ނޮޅިވަރަމް)

ދިއްދޫ (ހީވެސްނުވޭ) 3 - ތުރާކުނު 1

މާދަމާގެ ސެމީ ފައިނަލް މެޗާއި ގުޅޭގޮތުން ދެލިއޮންލައިންއާ ވާހަކަ ދައްކަމުން ދިއްދޫ ޓީމުގެ އެސިސްޓެންޓް ކޯޗް މުޙައްމަދު ޒާހިރު ބުނީ، މާދަމާގެ މެޗަށް ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މާދަމާގެ މެޗް ކާމިޔާބު ކުރުމަށް އެންމެ ފަހު ކަށިގަނޑާ ހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.

IMG_3676.jpeg

ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ ބޮޑު އެންޖަރީއެއް ނެތް ކަމަށާއި، ކުޅިމަގު ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށް ދެކޭ ކަމަށް ޒާހިރު ބުންޏެވެ.

ދިއްދޫ ހީވެސް ނުވޭ ޓީމަށް ބަލާއިރު، ޓީމުގައި ހިމެނޭ އެންމެ މުޙިއްމު ކުޅުންތެރިއަކީ ޤައުމީ ޓީމުގެ މަޝްހޫރު ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ)އެވެ. ސެންޓޭ އަކީ ދާދި ފަހުން ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕް އޭދަފުއްޓަށް ކާމިޔާބު ކޮށްދިނުމަށް އެންމެ މުޙިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. ސެންޓޭ ވަނީ އެ މުބާރާތުގެ ފައިނަލް މެޗްގެ އެންމެ ފަހު ވަގުތު ގޯލެއް ޖަހައިދީ މުޅި އޭދަފުއްޓަށް އުއްމީދު އާކޮށްދީފައެވެ. މީގެ އިތުރުން އަލިފުއްޓަށް އުފަން އަޙްމަދު ހުޝާމް (ހުސާންޓޭ) ވެސް މާދަމާގެ މެޗުން ފެންނާނެ ކަމަށް ދިއްދޫ ޓީމުން މަޢުލޫމާތު ދެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މާދަމާރޭ ބައްދަލު ކުރާނީ ހޯރަފުއްޓާއި އިހަވަންދޫ އެންވީކޭއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ހޯރަފުށި ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖުމްލަ 12 ޕޮއިންޓާއެކު ތާވަލްގެ 1 ވަނައިގައެވެ.

ހޯރަފުށި ސެމީ ފައިނަލަށް ދަތުރު ކުރި ގޮތް:

ހޯރަފުށި 3 - ދިއްދޫ 2  

ހޯރަފުށި 5 - ބީބީ ބްރަދާސް 1

ހޯރަފުށި 3 - ތުރާކުނު 1

ހޯރަފުށި 8 - އުލިގަން 2

ހޯރަފުށި ޓީމަށް ބަލާއިރު ފުޓުބޯޅައިގައި ރާއްޖޭގެ ފެންވަރުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން މާޒިޔާއަށް ކުޅެމުން އަންނަ ހައިޝަމް ފާހަގަކޮށްލެވެއެވެ. އޭދަފުއްޓަށް އުފަން ހައިޝަމް އަކީ ނިމިދިޔަ ގޯލްޑް ކަޕް އެ ރަށަށް ކާމިޔާބު ކޮށްދިނުމަށް މުޙިއްމު ދަޢުރެއް އަދާކުރި ކުޅުންތެރިއެވެ. މީގެ އިތުރުން، ޢަލީ ނާއިމް، ޕޮގްބާގެ އިތުރުން ޝަރީފް ފާހަގަ ކޮށްލެވެއެވެ.

IMG_3689.jpeg

ސެމީ ފައިނަލްގައި މާދަމާ ކުޅޭ އިހަވަންދޫގެ ދެ ޓީމަށް ބަލާއިރު، އެންވީކޭ ސެމީ ފައިނަލަށް ދަތުރު ކުރީ 6 ޕޮއިންޓާއި ފައިދާ 11 ގޯލާއެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ކުޅިމަގު ސެމީ ފައިނަލަށް ދަތުރު ކުރީ 6 ޕޮއިންޓާއި ފައިދާ 20 ގޯލާއެކު ގުރޫޕުގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. މާދަމާގެ ސެމީ ފައިނަލްގެ ދެ މެޗްގެ ނަތީޖާ ނިކުންނަ ގޮތުން މުބާރާތުގެ ފައިނަލް މެޗްގައި އިހަވަންދޫ ޓީމެއް ނުފެންނާނެއެވެ. މި މުބާރާތް 13 އަހަރު ބާއްވާފައިވާއިރު، މުބާރާތުގެ ފައިނަލްގައި ރަށުން ބޭރު 2 ޓީމު ކުޅުންޖެހި އިހަވަންދޫގެ ޓީމުތައް "ކުޅިބަލަން" ތިބެން ޖެހިއްޖެ ނަމަ އެއީ އިހަވަންދޫގެ އެއްވެސް ޓީމަކަށް ފަސޭހަ ތަޖުރިބާއަކަށް ނުވާނެއެވެ.

IMG_3691.jpeg

އެހެންކަމުން، މުޅި އިހަވަންދޫ މާދަމާ ނިކުންނާނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އިހަވަންދޫގެ ދެ ޓީމުގެ ދިފާޢުގައެވެ. އަނެއްކޮޅުން ހއ ގެ ބޮޑު ދެ ބާރު އެ އަންނަނީ މުބާރާތުގެ ތާރީހު ބަދަލުކޮށް އިހަވަންދޫ ދާއިރާއިން ބޭރަށް މި ތަށި ގެންދާށެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބިއުޓިފުލް ބުލޫއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy