ރައީސް ޑރ. މުއިއްޒު ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑދ. މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ސޮއި ކުރައްވައިފި އެވެ.
ދަފުތަރުގައި ރައީސް ލިޔުއްވި މެސެޖުގައި، ސިންގްއަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާ އެކު އެތައް ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ޝަހުސެއްކަން ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގުތިސާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ އުއްމީދު ތަކަށް އިތުރު ހަރުދަނާ ކަމެއް ލިބިގެންދިޔަ ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ފުން ހިތާމައިގެ މި ދަނޑިވަޅުގައި ސިންގްގެ އާއިލާ އަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.
ޑރ. މަންމޯހަން ސިންގް އަވަހާރަވީ މިހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް