ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމުހޫރިއްޔާ ސޮއިކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައިފިއެވެ.
މި ދަފްތަރު ހުޅުވާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައެވެ.
92 އަހަރުގެ އުމުރުފުޅުގައި އަވަހާރަވި ޑރ. މަންމޯހަން ސިންގްއަކީ އިންޑިއާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު ދެރަވެ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ފޮނުއްވައި، އިންޑިއާގެ ރައްޔިތުންގެ މި ހިތާމަވެރި ވަގުތުކޮޅުގައި ދިވެހި ރައްޔިތުން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި 2011 ވަނަ އަހަރު މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
މަންމޯހަން ސިންގްގެ "ލުކް އީސްޓް ޕޮލިސީ" އަކީ މުޅި ދެކުނު އޭޝިއާގެ ތަރައްޤީއަށް މުހިންމު ޕޮލިސީއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. 2004 އިން 2014 އަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި މަންމޯހަން ސިންގްގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިއާގެ އިޤްތިޞާދަށާއި އިޖުތިމާޢީ ސިޔާސަތުތަކަށް ގެންނެވި އިންޤިލާބީ ބަދަލުތައް ގިނަ ބަޔަކު މިއަދުވެސް ފާހަގަކުރެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް