އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް އިތުރު 15 ދުވަސް

ހިނގާފައި ދިޔަ އަންހެން މީހާގެ ފަށް ފޭރިގަންނަ ވީޑީއޯއިން ނަގާފައި

މާލޭ އަލިކިލެގެފާނު މަގުން ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30) އެވެ.

ފުރަތަމަ އޭނާ ހައްޔަރުކުރީ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގައި ކަމަށްވީ ނަމަވެސް، ފަހުން ފޭރުމުގެ މައްސަލައިގައި ތުހުމަތުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. ފުލުހުން ވަނީ ހެކީގެ ގޮތުގައި ފުލުހުންގެ ބަޔާނާއި ސީސީޓީވީ ވީޑިއޯގެ ސްނެޕްޝޮޓެއް ހުށަހަޅާފައެވެ.

ހަސަން އިސާމް ވަނީ އަންހެން މީހާގެ ކަރުގައި އޮތް ރަން ފަށް ފޭރުނު ކަމަށް ކޯޓުގައި އެއްބަސްވެފައެވެ. އެހެންނަމަވެސް، އޭނާގެ އަތުގައި އެ ފަށް ނެތް ކަމަށާއި މައްސަލައިގައި ގެއްލުން ލިބުނު މީހާއަށް ބަދަލު ދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ހަސަން އިސާމަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށްވުމާއެކު، މިފަދަ ހާދިސާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy