މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް
ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުހޯދޭނަމަ އޭނާގެ މަޤާމު ގެއްލޭނެކަން ޤަބޫލުކުރާކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
މިފަދައިން އޭނާ ބުނެފައި ވަނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
އަމޮރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެފައިވަނީ އެރިކް ޓެންހާގް މަޤާމުން ވަކިކުރުމަށްފަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕްރިމިއަރ ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެ، ހަތް ޕޮއިންޓް ލިބިފައިވެއެވެ.
މަޤާމާ ހަވާލުވިތާ މަހެއްހާ ދުވަސް ވެފައިވާ އަމޮރިމްގެ ބެލުމުގެ ދަށުން ޔުނައިޓެޑްއިން ހުރިހާ މުބާރާތެއްގައި 10 މެޗު ކުޅެ، ފަސް މެޗުން ބަލިވެފައިވެއެވެ. މިއީ 1930 ވަނަ އަހަރަށްފަހު ޔުނައިޓެޑްގެ އައު ކޯޗެއްގެ ދަށުން ކުޅުނު ފުރަތަމަ 10 މެޗުން ހޯދިފައިވާ އެންމެ ދަށް ނަތީޖާއެވެ.
އަމޮރިމް ބުނެފައިވަނީ ކްލަބުގެ ވެރިންނާ ދެމެދު ގާތް ގުޅުމެއް އޮތްނަމަވެސް، ނަތީޖާތައް ގޯސްވާނަމަ މަޤާމުގައި ދެމިނުހުރެވޭނެ ކަމަށާއި، އެއީ ފުޓުބޯޅައިގައި އަބަދުވެސް ކަން ހިނގާ ގޮތްކަމަށެވެ. މިއީ ފުޓުބޯޅަ ދުނިޔޭގެ ހަޤީޤަތެއްކަން އަމޮރިމް ޤަބޫލުކުރާކަން އޭނާގެ ބަހުން ހާމަވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް