ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 450,000 ގަހަށްވުރެ ގިނަ ގަސް އިންދައިފި

ގަސްއިންދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 450,936 ގަސް އިންދައިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. ޕްރޮގްރާމް ފެށިފައިވަނީ މިއަހަރުގެ ޖޫން 5 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް 4,219,456 ގަސް އިންދުމަށް 70 ތަނަކުން ޕްލެޖް ލިބިފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން އިންދަނީ ރާއްޖެއިން މަދުން ފެންނަ އެކި ބާވަތުގެ ގަސްގަހާގެއްސާއި ހިޔާ ލިބޭ ގަސްގަހާގެހި އަދި ކާނާ ލިބޭ 90 ބާވަތެއްގެ ގަހެވެ.

މާލެއާއި އަތޮޅުތަކުގައިވެސް މި ޕްރޮގްރާމް ދަނީ ކުރިއަށެވެ. ޕްރޮގްރާމްގެ ފުރަތަމަ ދުވަހު އެކަނި 398,000 ގަސް އިންދިކަމަށް ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު މި ޕްރޮގްރާމް އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy