ބޯޓްވެއްޓުނު ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 62 މީހުން މަރުވެއްޖެއެވެ.
މި ބޯޓުން ޖުމްލަ 181 މީހުން ދަތުރުކޮށްފައިވާ އިރު މި ބޯޓަކީ ދެކުނު ކޮރެއާގެ ޖެޖޫ އެއާގެ ބޯޓެކެވެ.
ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ބޯޓު ވެއްޓުނީ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކަހާލައިގެން ގޮސް އެއާޕޯޓުގެ ފާރެއްގައި ޖެހުމުންނެވެ. މި ބޯޓުގައި 175 ފަސިންޖަރުންނާއި 6 ފްލައިޓް އެޓެންޑެންޓުން ތިއްބެވެ.
ފަސިންޖަރުންގެ ތެރޭގައި ދެކުނު ކޮރެއާގެ 173 މީހުންނާއި ތައިލެންޑްގެ ދެ މީހުން ހިމެނެއެވެ. މި ބޯޓު ދަތުރުކުރީ ތައިލެންޑްގެ ބެންކޮކުންނެވެ.
ދެކުނު ކޮރެއާގެ ފަޔާ ސާވިސަސްގެ އޮފިޝަލަކު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި، މީހުން ސަލާމަތްކުރުމަށް ހިންގަމުން ގެންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ފްލައިޓް އެޓެންޑެންޓަކާއި އެއް ފަސިންޖަރަކު ދިރިތިބި ހާލު ފެނިފައިވެއެވެ.
ފަޔާ ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ބޯޓު ވެއްޓުނު ސަރަޙައްދަށް 80 ފަޔާ ފައިޓަރުންނާއި 30 އަށްވުރެ ގިނަ ފަޔާ ޓްރަކް ފޮނުވާފައިވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް