ތުހުމަތެއް ބަލަން ފެށުމަކީ ދެރަވާވަރު ކަމެއް ނޫން، މަ ހަމަ އަޖައިބު އަންތަރީސް ވެއްޖެ!

އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަކު (މޫކޭ) ރާއްޖެ އެމްވީ ފޮޓޯ

އެމްޑީޕީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގައި އޭނާއަށް ކުރެވޭ ތުހުމަތެއް ބަލަން ފެށުމަކީ ދެރަވާވަރު ކަމެއްނޫން ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އާރުޑީސީ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އޭނާ ދިރިއުޅުއްވާ ތަން ބަލައި ފާސްކުރުމުން، މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަމަށް ފަޑު ކިޔުއްވާ ކުރެއްވި ޓްވީޓަކާ ގުޅުވައިގެންނެވެ.

މޫކޭއަށް އަމާޒުކޮށް އިންތި ވިދާޅުވެފައި ވަނީ ކުންފުނީގެ 13 މިލިއަން އަމިއްލަ އެކައުންޓަށް ޖަމާވި ކަމަށާއި ނަމަވެސް ކޮޅެއްގައި ނުޖެހި މިހާ ދުވަސް ވެގެން ދިޔައީ ކަމަށެވެ. އަދި އިންތިހާބުތަކާ ގުޅިގެން އެއިރުގެ ސަރުކާރުން މަޑުޖެއްސުވިކަން ދެނަހުރިން ކަމަށާއި ދެން ވާނެ ގޮތެއް އެނގިދާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އިންތިއަށް ރައްދު ދެއްވައި މޫކޭ ވިދާޅުވި ގޮތުގައި ކުރެވޭ ތުހުމަތެއްގެ މައްސަލަ ބަލަން ފެށުމަކީ ދެރަވާވަރު ކަމެއްނޫނެވެ. އަދި އެއީ އުފާވާ ކަމެއްވެސް މެއެވެ.

"ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ. ކުރެވޭ ތުހުމަތެއްގެ މައްސަލަ ބަލަން ފެށުމަކީ ދެރަވާވަރު ކަމެއްނޫން. އުފާވާ ކަމެއް،" މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އަމިއްލަ އެކައުންޓަށް އާރުޑީސީ އިން 13 މިލިއަން ޖަމާ ކޮށްލާއިރު އެއީ އިންކާރުކޮށް ފޮރުވާ ބަހަނާ ނުދެއްކޭ މިންވަރުގެ ސާފު ހެކި ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އަމިއްލަ އެކައުންޓަށް ތިޔަވަރުގެ އަދަދެއް ޖަމާކޮށްލުމަކީ މައްސަލަ ހުުށައަޅައިގެން ދެ އަހަރު ވާއިރު ހެކި ނެތިގެން އިންޓެލިޖެންސް ރިޕޯޓަކަށް ނެރޭ ކޯޓު އަމުރަކުން ވަޑައިގެން ބައްތި ނޮކިއާތަކެއް ގެންގޮސް އޭގެން އެއްޗެއް ހޯދާ މިންވަރަށްވުރެ މާ ފަސޭހައިން ދައުވާ ކުރޭނެ ވަރުގެ ކަމެއް ނޫންތޯ،" މޫކޭ ވިދާޅުވި އެވެ.

"ކަންބޮޑުވުމަކީ ބަޑިއެއް ޖަހާލާފަ އަނެއްކާވެސް ސަރުކާރުގެ ވައްކަމެއް ތިލަވަންދެން މައްސަލަ ނުބަލާ ދައުވާއެއް ނުކޮށް ތިބެދާނެ ކަމުގެ ކަންބޮޑުވުން،"

އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ފުލުހުން އެއިރު، ބުނެފައިވަނީ އެ ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ މީހުން ކުރެ  ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އެއީ ޖުމުލަ 14 މިލިއަން ރުފިޔާ އެވެ.

އެ މައްސަލައިގައި ހިމެނޭ ފައިސާ ދައުރު ކޮށްފައި ވަނީ 2018 އިން ފެށިގެން ސެޕްޓެމްބަރު 2022 އާ ހަމައަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި ހިޔާނާތުގެ މައްސަލަ އާ ގުޅުވައި ކޯޓު އަމުރެއްގެ ދަށުން މޫކޭ އާއި އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނަށް ނިސްބަތްވާ ތިން ތަނެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވެ، 1:30ހާއިރު އެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

10 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

40 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy