މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބު ދެނެގަންނަން ދިރާސާއެއް ކުރަނީ

މި ސަރުކާރު އައުމަށްފަހު ޒަކާތަށް ލިބޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައި

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް އަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޢިއްޒައްދީން ވިދާޅުވީ ރާއްޖޭގައި ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވިނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދުކަމަށެވެ. މުދަލު ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި އެ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުދަލު ޒަކާތް ދައްކާ ނިސްބަތް މަދުވާ ސަބަބުތަކުގެ ތެރޭގައި، މުދަލު ޒަކާތަކީ އިސްލާމް ދީނުގައި ކިހާ މުހިންމުކަމެއްކަމާމެދު އާންމުން ހޭލުންތެރިވެފައި ނެތުން ހިމެނޭ ކަމަށް ޢިއްޒައްދީން ފާހަގަކުރެއްވިއެވެ. އަދި ބައެއް މީހުން މުދަލުގެ ޒަކާތް ދެއްކުމުން އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޒަކާތު ފަންޑަށް މިއަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަށް ރުފިޔާ ލިބިފައިވާއިރު، އަހަރުގެ މިހާތަނަށް 98 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެ ފަންޑަށް ޖަމާވެފައިވެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު އެ ފަންޑު 100 މިލިޔަން ރުފިޔާއަށް އެރުވުމެވެ.

ޢިއްޒައްދީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވުމުން ޒަކާތު ފަންޑު ބޮޑުވެ، އާންމުންނަށް ފޯރުކޮށްދެވޭ އެހީވެސް އިތުރުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy