އިސްރާއީލުގެ ބޮޑުވަޒީރުގެ އަނބިމީހާ މައްޗަށް ތަހުގީގު ފަށަން އަމުރު ކޮށްފި

ނަތަންޔާހޫ އާއި އޭނާގެ އަނބިކަނބަލުން ސާރާ

އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިމީހާގެ ސާރާ ނަތަންޔާހޫގެ މައްސަލަ ތަޙުޤީޤުކުރަން އިސްރާއީލުގެ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް-މިއާރާ އެ ގައުމުގެ ފުލުހުންނަށް އަމުރު ކޮށްފިއެވެ.

މި އަމުރު ނެރީ ޗެނަލް 12 ޓީވީން ދެއްކި އުވްޑާ ޝޯގައި ހާމަކުރި މަޢުލޫމާތުތަކާ ގުޅިގެންނެވެ.

އެޓާނީ ޖެނެރަލްގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ހަފުތާގައި ޗެނަލް 12 އިން ދެއްކި ޕްރޮގްރާމުގައި ހާމަކުރި ކަންތައްތަކާ ގުޅިގެން ހެކިންނަށް އުނދަގޫކުރުމާއި އިންސާފަށް ހުރަސް އެޅުމުގެ ޝައްކުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤެއް ހުޅުވާލަން ޖެހޭ ކަމަށެވެ. އެ ޕްރޮގްރާމުގައި ބުނެފައިވަނީ ނަތަންޔާހޫގެ ޖިނާއީ ޝަރީޢަތުގައި ސާރާ ނަތަންޔާހޫ ހެކިވެރިއަކަށް ބިރުދައްކާ ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި ތަޙުޤީޤު ފެށުމަށް އަމުރުކުރުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އޭނާގެ އަންހެނުންގެ ދިފާޢުކުރައްވައި، ޗެނަލް 12 ގެ ރިޕޯޓަކީ އެއް ފަރާތަކަށް ޖެހިފައިވާ އަދި ދޮގު ވާހަކަތައް ހިމެނޭ ރިޕޯޓެއް ކަމަށް ސިފަ ކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން އާއި ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު ވެސް ވަނީ އެޓާނީ ޖެނެރަލްގެ މި އަމުރަށް ފާޑުކިޔާފައެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ވަކިވަކި ތިން މައްސަލައެއްގައި ދަޢުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަކަރާއި ހީލަތް ހެދުމާއި، އިތުބާރު ގެއްލުމާއި، ރިޝްވަތުގެ ދަޢުވާތަކެވެ. ނަތަންޔާހޫއަކީ މިފަދަ ދަޢުވާތަކެއްގައި ކޯޓަށް ހާޒިރުކުރި އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރެވެ. ނަމަވެސް، ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށް، ކުށުގެ ދަޢުވާއަށް އިންކާރުކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy