ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު -- މިހާރު ފޮޓޯ
ހުޅުމާލޭ ދެވަނަ ފޭހުގައި ބާރަށް ދުއްވާފައި އައި ސައިކަލެއް މަތަނުވެ ގޮސް ފުލުހުންގެ ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލޭ ދެވަނަ ފޭހުގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅުމަގުން އުތުރުން ދެކުނަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން ޑިސެމްބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މި އެކްސިޑެންޓު ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގު ތެރެއިން މި ގެންދަނީ ބަލަމުންނެވެ،"
އެކްސިޑެންޓާ ގުޅުވައިގެން ފުލުހުން އިތުރަށް ބުނީ އަނިޔާވި ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސް ވުމުން މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެެޗްގައި ކަމަށެވެ. އަދި މިވަގުތު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރަށް ލައިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އެ އިދާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޭގެ އެ އެކްސިޑެންޓުގައި ފުލުހުންގެ ކާރަށާއި ބާރަށް ދުއްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް