ނޮވެމްބަރު މަހު އިމްޕޯޓު-އެކްސްޕޯޓުން ދައުލަތަށް 249 މިލިއަން ރުފިޔާ ލިބުނު

ރާއްޖޭގެ އިގުތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު އިމްޕޯޓު-އެކްސްޕޯޓުން ދައުލަތަށް 249 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ތެލަށް ކުރި ހޭދަ އުނިކޮށް ބަލާއިރު، މިދިޔަ އަހަރާއި މި އަހަރުގެ ނޮވެމްބަރު މަހުގެ އިމްޕޯޓު ހުރީ އެއްވަރެއްގައެވެ. އެގޮތުން ދެ އަހަރުވެސް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. ނަމަވެސް ތެލަށް ކުރި ހޭދައާއެކު މިދިޔަ އަހަރު 4.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މި އަހަރު އެތެރެކޮށްފައިވަނީ 4 ބިލިއަން ރުފިޔާގެ މުދަލެވެ.

ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ޗައިނާ، އިންޑިއާ، ސިންގަޕޫރު އަދި މެލޭޝިއާއިންނެވެ.

އެކްސްޕޯޓުގެ ދާއިރާއަށް ބަލާއިރު، ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 216 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓު ކުރެވިފައިވަނީ 120 މިލިއަން ރުފިޔާގެ މުދަލެވެ.

މި ތަފާސްހިސާބުތަކުން ދޭހަވަނީ، ރާއްޖޭގެ އިމްޕޯޓު ދާއިރާ ކުރީ އަހަރާ އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، އެކްސްޕޯޓު ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy